ޒިންމާ ހަފްތާ ނޫސް 12 ޕީ.ޑީ.އެފް

12 ޒިންމާ

ޒިންމާ ހަފްތާ ނޫސް 11 ޕީ.ޑީ.އެފް

Zimma 11

ރަނގަޅު ބަފަޔަކަށް ވުމަށް ކުރެވިދާނެ 10 ކަމެއް

ލިޔުނީ: އަޙްމަދު ރަޝީދު   އެސްޖެހިގެ

ދިވެހި މުޖުތަމަޢުގައި ދަރިންބަލައިބޮޑުކުރުމުގެ މަރުޙަލާގައި މަންމައިން ކުރައްވާ މަސައްކަތާއި އަޅާބަލާއިރު، ބައްޕައިންގެ ދައުރު ވަރަށް ކުޑައެވެ. ގިނަ ބަފައިން އެމީހުންގެ މައިގަނޑު ޒިންމާ އަކީ ދިރިއުޅުން ކަޑައްތުކުރުމަށް ފައިސާ ހޯދުންކަމުގައި ދެކޭތަންވެސް ފެންނަނީ މަދުންނެއް ނޫނެވެ. ދަރިންނާއި އެކު ވަގުތު ހޭދަކޮށް އަނބި މީހާއަށް އަޅައިލައި އެކުގައި ވަގުތު ހޭދަކުރުމަކީ ދިވެހި ބައެއް ބަފައިން ދަންނަ ކަންކަމެއް ނޫނެވެ. އަދި ކިއެއްތަ، އެފަދަ ބަފައިންދެކެނީ މިހިރަމިހިރަ ކަންކަމީ އަނބިދަށުވުން ކަމުގައެވެ.

ކުރިން މިދެންނެވީ ބައެއް ބަފައިންގެ ވާހަކަ ދޮގެއްތޯއެވެ. އަނެއްބައި ބަފައިންގެ ވިސްނުމާއި ޢަމަލުތައް ހުންނަނީ ކުރިން ދެންނެވުނު ގޮތާއި މުޅިން ޚިލާފަށެވެ. އަނބިދަށުވެފައިވާ ފިރިއެއްގެ ލަޤަބް ލިބުނަސް ދަރިންނާއި އަނބިންނަށް ލޯބިދީ އެކުގައި ވަގުތު ހޭދަކުރެވޭ ކަމުގެ އުފާ ޙާޞިލްކުރަމުން ދިރިއުޅުން ވޭތިކުރަމުންދާ ބަފައިންވެސް މަދެއްނޫނެވެ.

ކުދިންގެ ނަފްސާނީ، އަޚްލާޤީ އަދި ދިރާސީ ކަންކަން ހެޔޮގޮތުގައި ތަރައްޤީވުމަށް ބައްޕައިންގެ ދައުރަކީ މުހިއްމު ދައުރެކެވެ. ހެޔޮ ބަފަޔަކަށް ވުމަށް ކުރެވިދާނެ ކަންތައްތަކެއް ހުންނާނެކަން ކަށަވަރެވެ. އެފަދަ ބައެއް ކަންކަމާއިމެދު މިލިޔުމުގައި އަލިއަޅުވާލާނަމެވެ.

1-      ތިބާގެ ދަރިންގެ މައިމީހާއަށް އިޙްތިރާމް ކުރާށެވެ.

ރަނގަޅު ބައްޕައަކަށް ވުމަށްޓަކައި ދަރިންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ތިބާގެ ދަރިންގެ މައިމީހާއަށް އިޙްތިރާމް ކުރުމުމެވެ. ކައިވެނީގެ ގޮށުގައި ރަނގަޅަށް ބަނދެވިފައިވާނަމަ އެގޮށް މޮހުނަނުދީ ބާރުކުރެވޭތޯ މަސައްކަތްކުރާށެވެ. ގޮށް މޮހެވި ކައިވެނި ރޫޅިފައިވީނަމަވެސް ތިބާބެ ދަރިންގެ މައިމީހާއަށް އިޙްތިރާމް ކުރަންޖެހެއެވެ. ދަރިންގެ މައިމީހާކަމަށް ވީތީ އޭނާއަށް ވެވުނުމިންވަރަކުން އެހީތެރިވާންޖެހެއެވެ. މަންމައާއި ބައްޕަ އެކަކުއަނެކަކަށް އިހްތިރާމުކޮށް އަޅާލުމާއި އޯގާތެރިކަންދީގެން އުޅޭއިރު އެކަން ދަރިންފާހަގަކުރާނެއެވެ. މިކަމުގެ ސަބަބުން އެކުދިންނަށް ރައްކާތެރި މާހައުލެއް ލިބިފައިވާކަމުގެ އިހްސާސްކުރެވޭނެއެވެ. އެކުދިންނަށް ޤަބޫލުކުރެވޭނީ ޚުދު އެކުދިންނަށްވެސް މައިންބަފައިންގެ އަޅައިލުމާއި އޯގާތެރިކަމާއި އިޙްތިރާމް ލިބިގެންދާކަމެވެ.

2-      ދަރިންނާއިއެކު ވަގުތު ހޭދަކުރާށެވެ.

ބައްޕައަކު ވަގުތުތައް ހޭދަކުރާގޮތަކުން އެ ބައްޕައަކަށް މުހިންމުކަންދެވެނީ ކޮންކަމަކާމެދުކަން ދަރިން ވިސްނައިގަންނާނެއެވެ. ދަރިންނާއިއެކު ހަފުތާއަކު އެއްފަހަރުނަމަވެސް ވަގުތުކޮޅެއް ހޭދަނުކޮށްއުޅޭ ބައްޕައިން ދިވެހި މުޖުތަމަޢުގައި މަދެއް ނޫނެވެ. މިފަދަ ބައްޕައިން ބަހަނާއެއްގެގޮތުގައި ދައްކަނީ މަސައްކަތުގެ ނުވަތަ ވަޒީފާގެ ބުރަކަމެވެ. އެ ބައްޕައިން މަސައްކަތްކުރަނީ ނުވަތަ ވަޒީފާއަދާކުރަނީ ކޮން މަޤުޞަދެއްގައިކަމާމެދު ވިސްނާނުލެވެނީކަމަށް ވެދާނެއެވެ. އެހެނީ އާއްމުދަނީ ހޯދަނީ އެ ދަރިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ކަށަވަރެވެ. އެހެންކަމުން ދަރިންގެ ޙައްޤުގައި ދަރިންނާއިއެކު ވަގުތު ހޭދަކުރުމަށް ސަމާލުކަންދިނުމަކީ ނިހާޔަތަށް މުހިންމުކަމެކެވެ. ދަރިންނާއިއެކު ވަގުތު ހޭދަކުރުމުން ދުރުހެލިވެއްޖެނަމަ، އެކުދިން ދެކޭނީ އެކުދިންނަށް ދޭންޖެހޭ އަހައްމިއްޔަތުކަން ނުދެވެނީކަމުގައެވެ. މިފަދަ ބަފައިން ދަރިންދެކެ ލޯބިވާކަމަށްބުނެ ކިތަންމެވަރަކަށް އެދަރިން ބުނާކަންތައްތައް ކޮށްދިންނަމަވެސް މި ޙާލަތުގައި އެކުދިންގެ ވިސްނުން ހުންނާނީ މިދެންނެވި ގޮތަށެވެ. ދަރިންނަކީ ބަލަބަލާތިއްބާ އިސާހިތަކުން ބޮޑެތިވެގެންދާނެ ކުދިންތަކެކެވެ. ގެއްލިގެންދާ ކޮންމެ ފުރުޞަތަކީ އަލުން އަނބުރާ ލިބޭނެ ފުރުޞަތެއް ނޫނެވެ.

3-      އަޑުއެހުމަށް ފުރުޞަތު ހޯދާށެވެ.

ދަރިންގެ ފަރާތުން ކުށެއްކުރެވުމުން ނުވަތަ އެކުދިން ބަސްނާހާ އުޅުމުންމެނުވީ ގިނަފަހަރަށް ބައްފައިން އެކުދިންނާއި ވާހަކަދައްކާ ތަނެއް ނުފެނެއެވެ. ބައްޕަ ދަރިފުޅާއި ވާހަކަދައްކާލަން ބޭނުންވާކަމަށް މަންމަ ބުނުމުން ގިނަފަހަރަށް އެކުދިން ބިރުގަނެ ޖެހިލުންވަނީ މިދެންނެވި ސަބަބާއިހުރެއެވެ. މިކަމަށްއޮތް އެންމެރަނގަޅު ހައްލަކީ ވީހާވެސް ޅަޢުމުރުގައި ކަންކަމާމެދު ދަރިންނާއި ވާހަކަދައްކައި ގުޅުން ބަދަހިކުރުމުވެ. ދަރިން ޖެހިލުމެއްނެތި ބައްޕަގެ ގާތުގައިވެސް ކަންކަމުގެ މަޝްވަރާކޮށް ދިމާވާ އެކިއެކި ކަންކަން ހިއްސާކުރުމަށް ހިތްވަރުލިބޭނީ މިދެންނެވިގޮތަށް ޢަމަލުކޮށްގެންނެވެ. ދަރިންނަށް ވަގުތުދީ އެކުދިން ދައްކާވާހަކަ އަޑުއަހާށެވެ.

4-      ލޯތްބާއިއެކު ތަރުބިއްޔަތު ކުރާށެވެ.

ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމުގައި ލޯތްބާއި އޯގާތެރިކަން އިސްކުރާށެވެ. ހެޔޮގޮތް ބުނެދިނުމަކީ އަދަބުދޭން ޖެހުމުން އެކަނި ކުރާކަމަކަށް ނަހަދާށެވެ. އެކުދިން އުޅެންވީ ހެޔޮގޮތް އަބަދުވެސް އޮޅުންފިލުވައިދޭށެވެ. ރަނގަޅަށް އުޅުމުން އެކަމުން ލިބޭނެ ލާބަޔާއި މަންފާ އޮޅުންފިލުވައިދޭށެވެ. މަޑުމައިތިރިކަމާއި ލޯތްބާއިއެކު ކުދިން ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރާ ބަފައިންނަށް ދަރިންގެ ލޯބި ފުރިހަމައަށް ލިބިގެންދާނެއެވެ.

5-      ކުދިންނަށް ނަމޫނާއަކަށްވާށެވެ.

ބައްޕައިންނަށް ޤަބޫލުކުރެވުނަސް ނުކުރެވުނަސް ދަރިން ނަމޫނާއެއްކަމުގައި އެފަރާތް ބަލާނެފަރާތެކެވެ. ބައްޕަގެ ލޯބި ފުރިހަމައަށް ލިބެމުންދާ އަންހެންދަރިފުޅަކުނަމަ އެ ދަރިފުޅަކު ފިރިހެންކުދިންނަށް އިޙްތިރާމްކޮށް ޤަދަރުކުރާނެއެވެ. އަދި ފިރިއެއްގެ ކިބައިން އެކުދިން ދެކެން ބޭނުންވާނެ ސިފަތައް އެ ބައްޕަގެ ކިބައިން ހޯދާ ދަސްކުރާނެއެވެ. ބަފައިން އެމީހުންގެ ފިރިހެން ދަރިންނަށް ނަމޫނާދައްކަން ޖެހެއެވެ. ތެދުވެރިކަމާއި،މަޑުމޮޅިކަމާއި ހިތްތިރިކަން އަދި ޒިންމާދާރުވުންފަދަ މުހިންމު ސިފަތައް ޢަމަލުން ދައްކަންޖެހެއެވެ. ދިރިއުޅުމަކީ ދަތުރަކަށް ވީހިނދު މިދަތުރުގެ އިސް މާލިމީއެއްގެ މަޤާމު ބަފައިން ފުރިހަމައަށް އަދާކުރަންޖެހެއެވެ.

6-      މުރުޝިދަކަށް ވާށެވެ.

ދަރިންނަށް ފިލާވަޅުތައް ބުނެދިނުމާއި ކިޔަވައިދިނުމަކީ އެހެން މީހުން ކުރަންޖެހޭ ކަމެއްކަމުގައި ވަރަށްގިނަ ބަފައިން ދެކެއެވެ. އެހެންނަމަވެސް ބަފަޔަކު އޭނާގެ ދަރިންނަށް ހެވާއިނުބައި ވަކިކޮށްދީ ކަންކަމުގައި ހިތްވަރުގަދަކޮށް ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅާނަމަ އޭނާގެ ދަރިން އަބަދުވެސް ކަންކަން ނިންމާނީ އެންމެ ރަނގަޅުގޮތަށެވެ. މިގޮތަށް އެހީވެދީހަދާ ބަފައިން ދިރިއުޅުމުން ލިބޭ ތަޖުރިބާތައް އެކުދިންނާއި ހިއްސާކޮށް އެކަންކަމުން ލިބިގަންނަންޖެހޭ ޢިބްރަތްތައް އޮޅުންފިލުވައިދޭނެއެވެ.

7-      އެއްސުފުރާމަތިން ކެއުމުގެ އާދަ ގެންގުޅޭށެވެ.

ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށްޓަކައި އެކުގައި އެއްސުފުރާމަތިން ކެއުމުގެ އާދަ ގެންގުޅުމަކީ ވަރަށް މުހިންމުކަމެކެވެ. ދުވާލުގެ ބުރަކަމުގެ ތެރެއިން ޢާއިލާއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުޞަތު ލިބިގެން ދިއުމުގެ އިތުރުން، އެކުދިންނަށް ދިމާވާ ކަންކަން ހިއްސާކުރުމާއި އަދި ކުރަން ޤަޞްދުކުރާ ކަންކަން ހިއްސާކުރުމަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. މިފަދަ ވަގުތުތަކަކީ ކުދިން ދައްކާވާހަކަތައް އަޑުއެހުމަށް ވަގުތުދިނުމަށް ނުހަނު އެކަށޭނަ ހިނދުކޮޅެކެވެ. އަދި ނަޞޭޙަތްތެރިވުމަށްވެސް ނުހަނު މުނާސަބު ވަގުތުކޮޅެކެވެ. މިހުރިހައިކަމެއްގެ އިތުރުން ޢާއިލީ މެންބަރުން އެއްތަންވެ އެކުގައި ވަގުތު ހޭދަކުރުމަށް މިއީ އެންމެ އެކަށޭނަ އެއްވަގުތެވެ.

8-      ކުދިންނަަށް ފޮތްކިޔައިދޭށެވެ.

މިއަދު އަޅުގަނޑުމެންގެ ދަރިންގެ ޙަޔާތަށްވެސް އެންމެ ބޮޑު ނުފޫޒެއް ފޯރުވައި އަތްގަދަކޮށްފައިވަނީ ޓީވީއެވެ. އެހެންކަމުން ދަރިން ފޮތާއި އަހުލުވެރިކޮށް ފޮތްތެރިކަން ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ބައްޕައިންގެ ދައުރަކީ މުހިންމު ދައުރެކެވެ. ކުދިންނަށް ކަންކަން ދަސްވަނީ ބަލައި އަޑުއަހައިގެންނެވެ. ފޮތްކިޔައިގެންނެވެ. ކުދިންގެ ވީހާވެސް ޅަޢުމުރުގައި އެކުދިން ފޮތަށް އަހުލުވެރިކުރުވުމަށް މަސައްކަތް ފަށާށެވެ. އެކުދިން ބޮޑެތިވެލުމުން ކުދިން އަމިއްލައަށް ފޮތްކިޔައިއުޅުމަށް ބާރުއަޅާށެވެ. ކުދިން ފޮތްކިޔުމަށް ޝައުޤުވެރިކުރެވުމަކީ އެކުދިންގެ ތަޢުލީމީ އަދި ޢަމަލީ މައިދާން ހެޔޮގޮތުގައި އާރާސްތުކުރުމަށް ކޮށާދެވޭ ސާފުސީދާ މަގެކެވެ.

9-      ކުދިންނަަށް ލޯބިދޭށެވެ.

ކުދިންނަށް ފުރިހަމަ ހިމާޔަތަކާއި ރައްކާތެރިކަމެއް ލިބިފައި އޮންނަން ޖެހެއެވެ. އެކުދިންނަށް އެކަން އިޙްސާސް ކުރެވެން ޖެހެއެވެ. މިކަންކަން އެކުދިންނަށް އިޙްސާސްކުރެވޭނީ އެކުދިންނަކީ ބޭނުންތެރި ބައެއްކަން ޢާއިލާގެ ފަރާތުން ދައްކާނަމައެވެ. ޢާއިލާ ޤަބޫލުކުރާ ކުއްޖެއްކަން ދައްކައިދީގެންނެވެ. ފުރިހަމަ ލޯތްބާއި އަޅާލުން ދެވިގެންނެވެ. މައިންބަފައިން، ޚާއްޞަކޮށް ބަފައިން، ދަރިންގެ ގައިގާ ބައްދާލާ ލޯބިން ފިރުމާލުމަކީ ލަދުވެތިކަމެއް ކަމުގައި ދެކެގެން ނުވާނެއެވެ. ކޮންމެ ދުވަހަކުވެސް އެކުދިންދެކެ ލޯބިވާކަން ބަހާއި ޢަމަލުން ދައްކަންޖެހެއެވެ. އެކުދިންދެކެ ލޯބިވާކަމުގެ ޙަޤީޤީ އިޙްސާސް ކޮށްދެވޭނީ ލޯބިވާކަން އަންގައިދީގެންނެވެ.

10-   ބައްޕަގެ ޒިންމާ ނިމުނީކަމަށް ހީނުކުރާށެވެ.

ދަރިން ބޮޑެތިވެ އަމިއްލަދިރިއުޅުމަކަށް ފައިނަގާ ހިސާބަށް ދިޔަނަމަވެސް، ބައްޕަގެ ތަޖުރިބާއާއި ނަސޭޙަތުގެ ބޭނުން ހިފުމަށް އެދިތިބޭނެކަން ހަނދާންނައްތާ ނުލާށެވެ. ސްކޫލުގެ ކަމެއްގައި ނުވަތަ އައު ވަޒީފާއަކަށް ނުކުތުމަށް ތައްޔާރުވަމުންދާ ހިނދު ނުވަތަ ކައިވެނިކުރުމަށް ތައްޔާރުވަމުންދާހިނދު ނަމަވެސް ކުދިންގެ ޙަޔާތުގައި ބައްޕައިންގެ ދައުރަކީ މުހިންމު ދައުރެކެވެ. ފުރާފުރިހަމަވެ ކައިވެންޏެއްކޮށް ދަރިންލިބޭހިސާބަށް ދިރިއުޅުން ދިޔަނަމަވެސް ބައްޕައިންގެ ދައުރަކީ ނުވަތަ މައިންބަފައިންގެ ދައުރަކީ ނިމިގެންދާނެ ދައުރެއްނޫނެވެ.

މަޢުލޫމާތު ނެގީ: www.A-Better-Child.org

ހެޔޮބަދަލެއް ނުވަތަ ތަފާތެއް ގެނެސްދެއްވާ!

ލިޔުނީ: އަޙްމަދު ރަޝީދު   އެސްޖެހިގެ

މި ވާހަކައާއި މެދު:

މިއީ ‘މޭކް އަ ޑިފަރެންސް’ މިނަމުގައި ތައްޔާރުކުރެވިފައިވާ 13 މިނެޓްގެ ޑޮކިއުމެންޓްރީ ފިލްމެއްގެ ވާހަކަ އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ފިލްމުން ދައްކައިދޭ މަންޒަރުތަކާއި މި ވާހަކައިން މުދައްރިސުންނަށް ލިބިގެންދާނޭ ޢިބްރަތްތެރި ފިލާވަޅާއި މުދައްރިސުންގެ އުނގަންނައިދިނުމުގެ ޙަޔާތަށް ފިލްމުގެ ސަބަބުން ލިބިގެންދާނެ ކުރިއެރުން ތަޞައްވަރުކުރެވި، މި އަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު ޙަރަކާތްތަކުގެ ތެރެއަށް ފިލްމު ޝޯއެއް ހިމަނައި ފިލްމަށް ދިވެހިބަހުން އަޑުއަޅައި މިފިލްމުވާނީ ދައްކާފައެވެ. މެދުދެކުނު ޕްރޮވިންސަށް ނިސްބަތްވާ ހުރިހައި ސްކޫލްތަކެއްގެ އިސްވެރިން ބައިވެރިވި މި ޝޯވ ކާމިޔާބުވެގެން ދިޔަކަން އެނގިގެންދިޔައީ ފިލްމު ބަލާ ނިމިގެން ފިލްމުގެ ކޮޕީއެއް ހޯދުމަށް އެފަރާތްތަކުން މަސައްކަތްކުރެއްވިވަރުންނެވެ.

ނޫރާއަކީ ތަޖްރިބާކާރު މުދައްރިސެކެވެ. ފަށާތަޢުލީމުދޭ މަދަރުސާއެއްގައި ހީވާގިކަމާއިއެކު އުންގަންނައިދިނުމުގެ ޒިންމާ އަދާކުރަމުންއަންނަ މީހެކެވެ. މިއަހަރު ނޫރާކިޔަވައިދެމުން ގެންދަނީ ފަސްވަނަ ކުލާހަށެވެ. ނޫރާއަކީ އޭނާގެ މަސައްކަތަށް ފަރުވާތެރި، ކުދިންނަށް ފިލާވަޅު އޮޅުންފިލުވައިދިނުމަށް ގަދައަޅާ މަސައްކަތްކުރަމުން އަންނަ މުދައްރިސެކެވެ. ކުދިންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭ މުދައްރިސެއްކަމަށް އޭނާ ޤަބޫލުކުރެއެވެ.

އެއްދުވަހަކު ނޫރާ ކުލާހަށްވަދެ ފިލާވަޅު ފެށުމުގެ ކުރިން ދަރިވަރުންނަށް ނަސޭޙަތްކޮޅެއްދީ ނިންމާލަމުން ބެނެލިއެވެ. “ތި ހުރިހައިކުދިންދެކެ މުދައްރިސް ވަރަށް ލޯބިވޭ….. ހުރިހާކުދިންދެކެ ލޯބިވަނީ ހަމަ އެއްވަރަކަށް!” ނޫރާ މިހެން މިބުނީ ޚުދު ނޫރާއަށްވެސް ނޭނގި ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅެވޭ ޙާލަތުގައެވެ. ކުލާހެއްގެ ހުރިހައި ކުދިންދެކެ އެއްވަރަކަށް ލޯބިވެވިދާނެކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟

ހަމަ ގައިމުވެސް ނޫރާގެ ކުލާހުގެ ހުރިހައި ކުދިންނަށް އެއްވަރަކަށް ލޯބިދީ އެއްވެސް ތަފާތުކުރުމެއްނެތި ޢަމަލުކުރެވިދާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެއްވެސް ކުލާހެއްގައި އެއްވެސް މުދައްރިސަކަށް މިގޮތަށް ޢަމަލުކުރެވިދާނެ ހެއްޔެވެ؟ ނުކުރެވޭނެއެވެ.

ނޫރާގެ ކުލާހުގެ ފުރަތަމަ ސަފުގެ ގޮނޑިއަކަށް ސޮހިފައި އިން ތާނިމްއަކީ ތަފާތު ކުއްޖެކެވެ. އޭނާ ލައިގެންއިން ގަމީސްވަނީ ދާވެ ތަތްތެޅިފައެވެ. ރޫޖެހިފައެވެ. އަރައިގެންއިން ބޫޓުގެ ކޮޅު ވަނީ ހަލާކުވެފައެވެ. ވީދިފައިވާ އިސްޓާކީނުގެ ކޮޅުން ފައިގެ އިނގިލިތައް ފެންނަން ހުއްޓެވެ. އޭނާގެ ލޮލުގައި ނިދި-މަޑު ހުއްޓެވެ. ބޮލުގައި ފުނާނާޅާއިންއިރު މީންދުވަހަކު ފެންވަރައިގެން އިންހެނެއްވެސް ހިއެއްނުވެއެވެ. ތާނިމް ކިޔެވުމަށް ސަމާލުކަމެއް ނުދެއެވެ. ގޭގައިހަދަންދެވޭ އެއްވެސް ފިލާވަޅެއް ނަހަދައެވެ. އަބަދުވެސް އަމިއްލަ ދުނިޔެއެއްގައި ވަގުތުތައް ހޭދަކުރަމުންދާއިރު، ޖެހިގެން އިންނަ ދަރިވަރާވެސް އަނގައިންބުނެނުލައެވެ. މިދިޔަ އަހަރުވެސް ތާނިމްގެ މި ބަދަލު މުދައްރިސުން ފާހަގަކުރަން ފަށާފައިވެއެވެ.

ތާނިމްގެ މި މިޒާޖުގެ ސަބަބުން ނޫރާއަށްވެސް ތާނިމްއާއިމެދު ތަފާތު ކުރެވެއެވެ. ކުލާސްތެރޭގަޔާއި ކުލާހުން ބޭރުގައެވެ. ތާނިމްގެ މިބަދަލާއިމެދު ވިސްނާ ފިކުރުކޮށް އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ނޫރާއަށްވެސް އޭނާއާއި އަޅާނުލައި ދޫކޮށްލެވެނީއެވެ. އިމްތިހާނު ކަރުދާސްތައް ބެލުމުގައި ތާނިމްގެ ކަރުދާސް ބަލަންޖެހުމަކީ ނޫރާއަށް ފާޑެއްގެ ހިތްހަމަޖެނުމަކާއި އުފަލެއް ލިބޭކަމެއްކަމުގައި އޮންނަނީވެފައެވެ. މިގޮތުން ތާނިމްގެ ސުވާލުކަރުދާސް ބެލުމަށް ބޭނުންކުރަނީ ތުނޑުފަލަ ގަލަމެއް ނުވަތަ ފިބައެކެވެ. ރަތް ފިބައަކުން ބޮޑުކޮށް ނުބައިފާހަގަތަކެއް ކަރުދާހުގެ ކޮންމެ ސުވާލެއްގެޖަވާބު ކައިރީގައި ލުމަށްފަހު ކަރުދާހުގެ މަތީކަނެއްގައި ބޮޑުއަކުރުން ‘ފޭލިވެފައި!’ މިހެން ޖަހާލައެވެ. އެހެނީ ތާނިމްއަށް އެއްވެސް ސުވާލަކަށް ރަނގަޅު ޖަވާބު ދެވިފައެއް ނޯވެއެވެ.

ފުރަތަމަ ޓާރމްނިމި ދެވަނަ ޓާރމްފެށުމުގެ ކުރިން، ސްޕަރވައިޒަރުބުނުއްވައިގެން ނޫރާގެ ކުލާހުގެ ދަރިވަރުންގެ ކުރީގެ ރެކޯރޑްތައް މުޠާލިޔާކުރަންޖެހުނެވެ. ކުދިންގެ ފައިލްތައް ހިފައިގެން ކުލާސްކޮޓަރިއަކަށްވަދެ ފައިލްތައް ބަލަން ފެށިއެވެ. ފައިލްތައް ބަލަންފެށުމުގެ ކުރިންވެސް ތާނިމްގެ ފައިލްތައް ވަކިކޮށްލައި އެއްފަރާތެއްގައި ބެހެއްޓިއެވެ. ތާނިމްގެ ފައިލްތައް ބަލާލާއިރު ހުންނާނީ ހަމަ އެއްކަހަލަ ރިމާރކްސްތަކެއްކަމަށް ނިންމަމުންނެވެ. ކޮންމެއަކަސް ހުރިހައިފައިލްތައް ބަލާނިމިގެން ތާނިމްގެ ފައިލްތައް ބަލަންފެށިއެވެ.

ގްރޭޑް އެކެއްގައި ތާނިމްކޮށްފައިވާ މަސައްކަތްތައް ރިކޯރޑްކޮށްފައިވާ ފައިލް ހުޅުވާ ބަލައިލިއެވެ. ނޫރާއަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. އެހެނީ އެފައިލްގައި ލިޔެފައިވަނީ މިހެންނެވެ. [ތާނިމްއަކީ ކިޔެވުމަށް ތޫނުފިލި، އަބަދުވެސް ހިނިތުންވުމަށް ތައްޔާރަށްހުންނަ ދަރިވަރެއް. އޭނާއަކީ ނުހަނު ރީތިކޮށް މަސައްކަތްނިންމާ، ރަނގަޅު އާދަތަކެއް ގެންގުޅޭ ދަރިވަރެއް. އޭނާއަކީ ކުލާހަށް ދިރުންގެނުވައިދޭ ކުއްޖެއް!] ލިބިގެންދިޔަ ހައިރާންކަމާއިއެކު އަވަސް އަވަހަށް ތާނިމް ދެވަނަ ކުލާހުގައި އުޅުނުއިރުގެ ރެކޯރޑް ކިޔާލިއެވެ.

[ތާނިމްއަކީ ވަރަށް ރަނގަޅު ކުއްޖެއް! އެހެންނަމަވެސް އޭނާގެ މަންމަ ތަހައްމަލް ކުރަމުންގެންދާ ނުރައްކާތެރި ބަލީގެ ސަބަބުން، ތާނިމްއަށް އުނދަގޫތަކެއް ކުރިމަތިވަމުން އަންނަކަމަށް ފާހަގަ ކުރެވޭ! އަދި މިކަމުގެ ސަބަބުން އޭނާގެ ކިޔެވުމުގެ ދައުރު ހެޔޮގޮތުގައި ކަޑައްތުކުރުމަށް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައިވާކަންވެސް ފާހަގަކުރެވޭ!]

ތިންވަނަ ކުލާހުގެ މުދައްރިސު ލިޔެފައިވަނީ: [ތާނިމްގެ މަންމަގެ މަރުގެ ސަބަބުން އޭނާއަށްވަނީ ފުން ހިތާމަޔަކާ ކުރިމަތިލާންޖެހިފައި. އެހެންނަމަވެސް ތާނިމް ސްކޫލްގެ މަސައްކަތްތައް އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށް ކުރެވޭތޯ މަސައްކަތްކުރާކަން މިހާރުވެސް ފާހަގަކުރެވޭ. ނަމަވެސް އޭނާގެ ބައްޕަގެ ފަރާތުން އެހާބޮޑު އެއްބާރުލުމެއް ލިބޭކަމެއް ފާހަގައެއް ނުކުރެވޭ. ތާނިމްއަށް މިހާރު އަންނަން ފަށާފައިވާ މިބަދަލާއިމެދު ވިސްނުންތެރިކަމާއެކު ފިޔަވަޅުތަކެއް ނާޅައިފިނަމަ އޭނާގެ އުނގެނުމުގެ ޙަޔާތް ބަނަވެދާނެކަމުގެ ބިރުހީވޭ.]

ހަތަރުވަނަ ކުލާހުގެ މުދައްރިސް ތާނިމްގެ ފަައިލްގައި ލިޔެފައިވަނީ: [މަންމަ ނިޔާވުމަށްފަހު ތާނިމްވަނީ ވަރަށްބޮޑަށް މާޔޫސްވެ މަގުއޮޅިފައި. އަދި އޭނާ ސްކޫލަށް ޙާޟިރުވުމަށް އެހާބޮޑަށް ޝައުޤުވެރިވާކަމަކަށް ފާހަގައެއް ނުކުރެވޭ. ކުލާހުގައި އެހާގިނަ ރަޙްމަތްތެރިންނެއް ނުތިބޭ. ފަހަކަށް އައިސް ކުލާސްތެރޭގައި އިނދެގެން ނިދާކަން ފާހަގަ ކުރެވޭ.]

ތާނިމްގެ ފައިލްތައް ބަލައި ނިމުނުއިރު ނޫރާއަށް އިނދެވުނީ ޝޮކެއްލިބިފައެވެ. ތާނިމްއަށް ދިމާވެފައިވަނީ ކޮންކަހަލަ މައްސަލައެއްކަން މިހިސާބުން ނޫރާއަށް އެނގުނެވެ. ތާނިމްއާއިމެދު ޢަމަލުކުރެވިފައިވާ ގޮތުން ލަދުގަނެ ދެރަވިއެވެ. އަމިއްލަ ނަފުސު ކުއްވެރިކުރިއެވެ.

އޭގެ ދުވަސްތަކެއްފަހެވެ. މުދައްރިސުންގެ ދުވަސްކަމުން ހުރިހައިކުދިން ނޫރާއަށްވެސް ހަދިޔާގެނައެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށްވުރެން ފެންވަރު ރަނގަޅު މޮޅު ހަދިޔާއެއް ގެނެވޭތޯ ކޮންމެ ކުއްޖަކުވެސް މަސައްކަތްކޮށްފައިވާކަން ނޫރާއަށް ގެނައި ހަދިޔާތަކަށް ބަލައިލުމުން އެނގެއެވެ. ކޮންމެ ހަދިޔާއެއްވެސް ޕާރުސަލް ކޮށްފައިވަނީ އެންމެމޮޅު، އެންމެ ވިދުންއަރާ ކަރުދާހުންނެވެ. ޒީނަތްތެރިކުރުމަށް ތަފާތުކުލަކުލައިގެ ވިދުންއަރާ ރިބަން އައްސާފައިހުއްޓެވެ. އެހެންނަމަވެސް ތާނިމް ގެނައި ހަދިޔާ ބަންދުކޮށްފައިވަނީ ރޫޖެހިފައިވާ ނޫސްކަރުދާހަކުންނެވެ. ރިބަނުގެ ބަދަލުގައި ޕާރުސަލުގެ ވަށައިގެން އޮޅާލާފައިވަނީ ހަނޑޫ ހުސްކުރި ގޯންޏެއްގެ ސުތުލިންނެވެ.

ހުރިހައި ހަދިޔާތަކެއް ކުލާސްކުދިންގެ ކުރިމަތީގައި ކަނޑަން ކިތަންމެ ބޭނުންނަމަވެސް ތާނިމްގެ ހަދިޔާ، އެހެންކުދިންގެ ކުރިމަތީގައި ކެނޑުމުގެ ހިތްވަރެއް ނޫރާއަކަށް ނުލިބުނެވެ. ތާނިމް ލަދުގަންނާނެ މިންވަރު ހިތަށްއަރާފައެވެ. އެހެންކުދިން ދިމާކުރާނެކަން ޔަޤީން ވާތީއެވެ. ނަމަވެސް ހަދިޔާ ނުކަނޑައިފިނަމަ ތާނިމްވެސް ދެރަވާނެއެވެ. އެހެންކުދިން ޝަކުވާވެސް ކުރާނެއެވެ. މިހުރިހައިކަމެއް މިހެން ހުރުމުން ނޫރާއަށް މަޖުބުރުވީ ތާނިމް ގެނައި ހަދިޔާވެސް ކަނޑާށެވެ.

ޕާރުސަލް ކަނޑާލިއިރު އޭގައިއޮތީ މިނާފުކުން ހަދާފައިވާ ކެވެލިކޮޅެކެވެ. ކެވެލިކޮޅުގެ ބޮޅުތަކުގައި ތަތްކޮށްފައިހުރި ބައެއް މިނާފުށްތައްވަނީ ނެއްޓިފައެވެ. ދެން އޮތީ ފުޅިއެއްގެ ތިންބައިކުޅައެއްބަޔަށް ސެންޓްހުރި ސެންޓް ފުޅިއެކެވެ. މިތަކެތި ފެނުމުން ކުލާހުގެ ހުރިހައިކުދިން ބާރަށް ހޭންފެށިއެވެ. ތާނިމްއާ ދިމާކުރަންފެށިއެވެ. ކުދިންގެ ހުނުން ހުއްޓުވޭވަރުވީ އެތައްވަރަކުންނެވެ. ނޫރާ ރުޅިއައިކަމުގެ ކުޑަކުޑަ އެކްޓެއް ކޮށްލުމުންނެވެ. ކުދިންގެ ހުނުން ހުއްޓުވުމަށްފަހު ނޫރާގެ އަތުގައި ކެވެލިކޮޅު އަޅާލަމުން އެކެވެލިކޮޅު ވަރަށްރީތިކަމަށް ބުންޏެވެ. އަދި ސެންޓްފުޅިން ކުޑަހުޅަށް ސެންޓްފޮދެއް ޖަހާލައި ވަސްބަލާލަމުން ސެންޓުން ދުވާ މީރުވަހާއިމެދު ތަޢުރީފް ކުރިއެވެ. އެވަގުތު ތާނިމްގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

އެދުވަހުގެ ދަންފަޅި ނިމިގެން ތާނިމް ގެއަށް ދިއުމުގެ ބަދަލުގައި އޭނާގެ މުދައްރިސުގެ އިންތިޒާރުގައި ސްކޫލްގެ ދޮރާށިކައިރީގައި މަޑުކޮށްލައިގެން ހުރީއެވެ. ނޫރާއަށް ތާނިމް ފެނުމުން މަޑުކޮށްލިއެވެ. ލިބުނު ހަދިޔާއާއިމެދު ހިތްހަމަޖެހުނުވާހަކަބުނެ ޝުކުރުއަދާކުރުމަށް އަނގަ ހުޅުވާލިވަގުތު ތާނިމް ބުނެލިއެވެ. [މިއަދު މުދައްރިސްގެ ގައިން ދުވަނީ އަޅުގަނޑުގެން މަންމަ ދުނިޔޭގައި ހުންނެވިއިރު މަންމަގެ ގައިންދުވި މީރުވަސްދުވާ ސެންޓްގެވަސް. ތި ކެވެލިކޮޅާ ސެންޓަކީ އަޅުގަނޑުގެ މަންމަގެ އަލަމާރިންނެގި ދޭތި. މުދައްރިސަށް ދޭނެ ހަދިޔާއެއް ގަންނަން ނުލިބުމުން...." ތާނިމްގެ ވާހަކަތައް ނޫރާ މެދުކަނޑާލިއެވެ. އެއަށްފަހު ތާނިމްގެނައި ހަދިޔާ ވަރަށް ރަނގަޅުކަމަށާއި އެ ހަދިޔާ ވަރަށް ޚާއްޞަކަމަށްވެސް ބުނެލިއެވެ.

ގެއަށް ދިއުމަށްފަހު ނޫރާއަށް ހަމަޖެހުމެއް ލިބޭގޮތެއް ނުވިއެވެ. ތާނިމްގެ ހާލާއިމެދު ވިސްނެނީއެވެ. ތާނިމްއަށް އެހީވެދެވޭނެ ގޮތަކާއިމެދުގައެވެ. ތާނިމްގެ އުނގެނުމުގެ ޙަޔާތް ބާއްޖަވެރި ކުރެވޭނެ ގޮތަކާއިމެދުގަައެވެ. އެތައް އިރަކު ވިސްނުމަށްފަހު ނޫރާއަށް ވިސްނުނީ އެންމެ ކަމެކެވެ. އޭނާގެ ދަރިވަރުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރެވޭ ގޮތްތައް ކަމުނުދަނީއެވެ. ޒަމާނާއި އެއްގޮތަށް އުނގަންނައިދިނުމުގެ ވައްޓަފާޅި ބަދަލުކުރެވިފައި ނެތީއެވެ. ޚުދު އޭނާއަށް ނޭނގިނަމަވެސް ކުދިންގެ މެދުގައި ތަފާތުކުރެވެނީއެވެ.

ނޫރާއަށް ވިސްނިއްޖެއެވެ. އަމިއްލަ ކުށް ޤަބޫލުކުރެވި ކުރެވުނު ކުށް އިސްލާޙްކުރުމަށް ނިންމިއެވެ. އޭނާގެ ކިޔަވައިދިނުމުގެ ވައްޓަފާޅި މުޅިން ބަދަލުކޮށްލުމަށް ނިންމިއެވެ. ހަމައެކަނި ފޮތުގެ ދެލިގަނޑު ކިޔަވައިދިނުމުގެ ބަދަލުގައި މުޤައްރަރުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ސަމާލުކަންދީ ދަރިވަރުންގެ ވިސްނުމުގެ ވާފަށް ރަށުގެ އަސްދަނޑިން ބޭރަށް ނެރުމުގެ ޤާބިލްބަޔަކަށް އެކުދިން ހެދުމަށް ޢަޒުމް ކަނޑައެޅިއެވެ. ތޫނުފިލިކަންކުޑަ، ވިސްނުންކޮށި ދަރިވަރުންނަށް އިތުރަށް ސަމާލުކަންދިނުމަށް ނިންމިއެވެ.

ޖެހިގެން އައިދުވަހު ނޫރާގެ މި އައު ޢަޒުމާއިއެކު މަސައްކަތް ފެށިއެވެ. މިގޮތުން ތާނިމްއަށް ޚާއްޞަ ސަމާލުކަމެއް ދޭންފެށިއެވެ. ނަތީޖާއެއްގެގޮތުން ތާނިމްގެ ސިކުނޑި ހޭލާ އުނގެނުމުގެ ޙަޔާތަށް އައު ދިރުމެއް ގެނުވިއެވެ. ނޫރާގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމާއި ހިތްވަރުގެ ސަބަބުން އޭނާގެ ތޫނުފިލިކަމާއި ހުޝިޔާރުކަން އިތުރުވަމުން ދިޔައެވެ. އެއަހަރު ނިމުނުއިރު ކުލާހުން އެންމެމޮޅު ކުދިންގެ ތެރޭގައި ތާނިމްގެ ނަންވެސް ގުނިގެންދިޔައެވެ. ކުރިން ނޫރާ ބުނިބަހާއި ޚިލާފަށް މިއަދު އޭނާއަށް ކުލާހުގެ ހުރިހައިކުދިންނަށް އެއްވަރަށް ލޯބިދެވޭގޮތެއް ނުވިއެވެ. އެހެނީ އުފަން ދަރިއަކުދެކެ ލޯބިވާވަރަށް އޭނާއަށްވަނީ ތާނިމްދެކެ ލޯބިވެވިފައެވެ.

އެއަހަރު ނިމުމަށްފަހު ނޫރާއަށް ޖެހުނީ ތާނިމްއާއި ވަކިވާށެވެ. އޭނާ އެހާލޯބިން ގެންގުޅު ދަރިވަރުންނާއި، އެހާމެ ލޯތްބާއި ކުލުނު އެތަނަކަށް ޖެހިފައިވާ މަދަރުސާއާއި އަލްވަދާޢު ކިޔާށެވެ. ނޫރާގެ ފިރިމީހާއަށް ރާއްޖޭން ބޭރުން ކޯހެއް ލިބުމާއި ގުޅިގެންނެވެ. ނޫރާ ކުލާހުގެ ކުދިންނާއި ވަކިވީ ހުރިހައި ދަރިވަރުންނަށް ހެޔޮ ނަޞޭޙަތްދީ ބާއްޖަވެރި ކުރިމަގެއް ލިބުމަށްއެދި ދުޢާކުރަމުންނެވެ. އޭނާ ރާއްޖެއިން ބޭރުގައި އުޅޭނެ އެޑްރެހާއި އީ-މެއިލް އެޑްރެސްވެސް ކުދިންނަށް ދިނުމަށްފަހުގައެވެ.

ނޫރާ ރާއްޖެއިން ބޭރުގައި އުޅޭތާ ގާތްގަނޑަކަށް އަހަރުދުވަސްވީއިރު ތާނިމްގެ އެއްވެސް ޚަބަރެއް ނުވެއެވެ. ތާނިމްގެ ކުލާސްކުދިން އީ-މެއިލްގެ ޒަރީޢާއިން މުޢާމަލާތުކުރިނަމަވެސް އެކުދިންގެ ފަރާތުންވެސް ތާނިމްގެ ޙާލު އޮޅުންފިލާގޮތެއް ނުވިއެވެ. މެއިލްކުރަމުން ގެންދިޔަ މަދު ކުދިންކޮޅަށް ތާނިމްއާއި ބެހޭގޮތުން ލިބިފައިވަނީ ހަމަ އެންމެ މަޢުލޫމާތެކެވެ. ތާނިމްގެ ބޮޑުބޭބެއެއް ރަށަށްއައި ދަތުރުވަރެއްގައި ތާނިމްގޮވައިގެން 'ކޮންމެވެސް ތާކަށް' ދިޔަކަމެވެ. އެއްވެސް ކުއްޖެއްގެ ކިބައިން އެބުނާ 'ކޮންމެވެސް ތަނެއް' އޮޅުންފިލާގޮތެއް ނުވިއެވެ.

އެއަހަރުގެ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަސް ވެގެންދިޔައީ ނޫރާއަށް ޚާއްޞަ އުފަލެއް ލިބުނު ދުވަހަކަށެވެ. އާދައިގެމަތިން ނޫރާ ގެއަށްއައިސް ދޮރުހުޅުވާލިއިރު ބިންމަތީގައި ސިޓީއުރައެއް އޮއްވާ ފެނިއްޖެއެވެ. ސިޓީއުރަ ނަގައި ބޭރުގައިވާ ލިޔުންކޮޅު ކިޔާލިއެވެ. ސްރީ ލަންކާއިން އައިސްފައިވާ ސިޓީއެކެވެ. ސިޓީއުރަ ކަނޑާ ބަލައިލުމާއެކު ނޫރާއަށް އުފަލުން ރޮވުނެވެ. އެއީ ތާނިމްގެ ސިޓީއެކެވެ. އެސިޓީގައި ލިޔެފައިވަނީ:

[މުދައްރިސްގެ ކިބައިން އަޅުގަނޑު މަޢާފަށް އެދެމެވެ. މިހާ ގިނަދުވަސްވިއިރު އަޅުގަނޑުގެ ޚަބަރެއް މުދައްރިސާއިހަމައަށް ފޯރުކޮށްނުދެވުނު ކަމަށްޓަކައެވެ. މުދައްރިސް ފުރުއްވިތާ ދެތިންދުވަހުގެ ތެރޭގައި އަޅުގަނޑުގެ ބޮޑުބޭބެ ލަންކާގައި ހުރެފައި ރަށަށްއައިސް އަޅުގަނޑުވެސް ލަންކާއަށް ގެނައީއެވެ. ރަށުންއައިއިރު މުދައްރިސްގެ އެޑްރެސް ލިޔެފައިވާ ފޮތްބާއްވާފައި އާދެވުމުން މުދައްރިސަށް ޚަބަރެއް ކޮށްނުލެވުނީއެވެ. ފޮތް ލިބުނުއިރު މެއިލް އެޑްރެސް ނޯޓްކޮށްފައިވާތަނަށް ކޮންމެވެސް ގޮތަކުން ގަލަމުދެލި ފޭދިގެން މެއިލް އެޑްރެސް ކިޔަން އެނގޭވަރެއް ނުވިއެވެ.] މިކަހަލަ އެތައް ވާހަކަތަކެއް ލިޔެފައިވާ އެ ދިގު ސިޓީ ނިންމާލަމުން ރަތްކުލައިގެ ފިބައަކުން މިހެން ލިޔެލާފައިވެއެވެ. [ނޫރާ މުދައްރިސަކީ އަޅުގަނޑުގެ ޙަޔާތުގައި މިހާތަނަށް ދިމާވި އެންމެ ރަނގަޅު މުދައްރިސް.]

ދުވަސްތައް ހަފުތާތަކަށް، ހަފްތާތައް މަސްތަކަށް، މަސްތައް އަހަރުތަކަކަށް ބަދަލުވަމުންދެއެވެ. ތާނިމް އާއި ނޫރާ އީ-މެއިލްގެ ޒަރީޢާއިން މުޢާމަލާތުކުރަމުން ދެއެވެ. ތާނިމްގެ އުނގެނުމުގެ ޙަޔާތް ހަރުފަތަކަށްފަހު ހަރުފަތެއް ކާމިޔާބުކަމާއެކު ވޭތިކުރަމުން ދެއެވެ. ނޫރާއަށް ތާނިމްގެ ފަރާތުން ފުރަތަމަ ސިޓީ ލިބުނުތާ ހައަހަރުފަހުން ލިބެމުންއައި އީ-މެއިލް ތަކުގެ ތެރެއިން މިއަދު ލިބިގެންދިޔަ މެއިލްގައި ލިޔެފައިވަނީ: [މިއަދަކީ އަޅުގަނޑު މަތީ ޘާނަވީ ނިމި ނަތީޖާ ލިބުނު ދުވަހެވެ. އަޅުގަނޑަށް ކުލާހުން ތިންވަނަ ލިބުނެވެ. މިއަދުވެސް އަޅުގަނޑު ޤަބޫލުކުރަނީ ތިޔަ މުދައްރިސަކީ އަޅުގަނޑުގެ ޙަޔާތުގައި ދިމާވި އެންމެ ރަނގަޅު، އެންމެ މަޤުބޫލް މުދައްރިސް ކަމުގައެވެ.]

އޭގެ ހަތަރު އަހަރުފަހުން ތާނިމްގެ ސިޓީއެއް ނޫރާއަށް ލިބުނެވެ. އެސިޓީގައިވަނީ: [އަޅުގަނޑު ފަސްވަނަ ކުލާހުގައި އުޅުނުއިރު މުދައްރިސް ދެއްވި ހެޔޮ ނަސޭޙަތްތައް މިއަދުވެސް އަޅުގަނޑުގެ ކަންފަތުގައި ހަރުލާ އެބަހުއްޓެވެ. އަޅުގަނޑު މިހާތަނަށްވެސް މަސައްކަތް މިކުރަނީ އެ ކަންކަން ހަނދާނުގައި ބަހައްޓައިގެންނެވެ. ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނީވެސް މިގޮތުގައެވެ. އިރާދަކުރެއްވިއްޔާ ކޮލެޖުން ދަސްވެނިވާނީ އެންމެ މަތީ ދަރަޖައިންނެވެ. ޢުމުރުގެ މިހާތަނަށް އައިއިރު އެތަކެއް މުދައްރިސުންނާއި މުދައްރިބުންނާއި ދިމާވެއްޖެއެވެ. ނަމަވެސް އަޅުގަނޑަށް ތިޔަ މުދައްރިސުގެ މަޤުބޫލުކަން ފަނޑުކޮށްލެވޭފަދަ މުދައްރިސަކާ އަދިވެސް ބައްދަލު ނުކުރެވެއެވެ. އަދިވެސް ތިޔައީ އަޅުގަނޑަށް އެންމެ މަޤުބޫލު މުދައްރިސެވެ.]

އަނެއްކާވެސް ހަތަރުއަހަރު ފަހެވެ. މިފަހަރު ލިބުނު އީ-މެއިލްގައި ވަނީ އޭނާ ބެޗްލާރސް ޑިގްރީ ނިންމައިފިކަމަށާއި އަދިވެސް ބޭނުންވަނީ އިތުރަށް ކިޔެވުމަށްކަމުގައެވެ. އަދި ރާއްޖޭގެ ހިތްގައިމު މާހައުލުމަތިން އަބަދުވެސް ހަނދާންވާ ކަމަށާއި ރާއްޖެއަށް ދެވުނު ދުވަހަކުން ނޫރާއާއި ބައްދަލުކުރާނެ ވާހަކައެވެ. މިފަހަރުގެ މެސެޖްގައިވެސް ނޫރާއަކީ އޭނާއަށް އެންމެ މަޤްބޫލު މުދައްރިސްކަމުގައި ބުނެފައިވެއެވެ. ނިންމާލަމުން ބުނެފައިވަނީ އޭނާގެ ނަން މިހާރުވަނީ ދިގުވެފައިކަމަށާއި މިހާރު އޭނާގެ ފުރިހަމަނަން ލިޔާއިރު ލިޔަންޖެހޭނީ ‘މުޙައްމަދު ތާނިމް ޢަލީ އެމް.ޑީ’ ކަމަށެވެ.

މިހާހިސާބުން މިވާހަކަ ނިމުނީއަކީ ނޫނެވެ. އަނެއްކާވެސް އުފާވެރިކަމާއި ބަހާރެއް ގެނެސްދިން އެހެން ސިޓީއެއް ނޫރާއަށް ލިބުނެވެ. ސިޓީގައިވަނީ ތާނިމްގެ ޙަޔާތުގެ ބައިވެރިއަކަށް ގެނައުމަށް ހެޔޮލަފާ ކުއްޖެއް ލިބުނުކަމެވެ. އެއީ މާލޭގެ ޢާއިލާއަކަށް އުފަން ހެޔޮލަފާކުއްޖެއްކަމަށްވެސް ލިޔެފައިވެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ތާނިމް އެކުއްޖާއާއި ކައިވެނިކުރާނެކަމަށް ބަޔާންކޮށްފައިވެއެވެ. ދެން އެސިޓީގައި ލިޔެފައިއޮތީ ހިތާމަވެރި ޚަބަރެކެވެ. ދުވަސްކޮޅެއްކުރިން އޭނާގެ ބައްޕައާއި ބޮޑުބޭބެ ކާރު އެކްސިޑެންޓެއްގައި ނިޔާވެއްޖެކަމަށް ލިޔެފައި އޮތެވެ. ނިންމާލަމުން ލިޔެފައިވަނީ އޭނާގެ ކައިވެނީގެ ޙަފްލާގައި ޢާއިލާ ފަރާތުން ބައިވެރިވާނެ މީހަކު ނެތްކަމަށެވެ. އެހެންކަމުން އެ ޙަފްލާގައި ނޫރާ ބައިވެރިވެދޭނެކަމަށް އުއްމީދުކުރާކަމުގައި ލިޔެފައިއޮތެވެ.

ތާނިމް އެދުނުގޮތަށް އޭނާގެ އެންމެ މަޤްބޫލް މުދައްރިސް ޢަމަލުކުރިއެވެ. މާލޭގެ ސެންޓްރަލް ހޮޓެލް އާކައިވެންޏަށް ޖަރީކޮށްފައިއޮތީ މިސާލީ ކައިވެނި ޙަފްލާއަކަށް އެ ޙަފްލާ ވާނެހާ ފުރިހަމައަށެވެ. ތާނިމްގެ އަލަތު އަނބިމީހާ ލީޒާއަކީ މާލޭގެ ޤަދަރުވެރި ޢާއިލާއެއްގައިހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އަނެއްކޮޅުން ތާނިމްއަކީ މިވަގުތު ރާއްޖޭގައިހުރި އެންމެ މޮޅު ޑޮކްޓަރެވެ. ނޫރާގެ އިންތިޒާރުގައި ހުރި ތާނިމްއަށް ނޫރާ ފެނުމުން އުފަލުން ފޮޅުނެވެ. ލީޒާއާއި ލީޒާގެ ޢާއިލާއަށް ނޫރާ ތަޢާރަފުކޮށްދިނެވެ. ލީޒާ ނޫރާގެ އަތުގައި ހިފާލަމުން ތާނިމް އަބަދުވެސް ނޫރާގެ ވާހަކަތައް ކިޔައިދޭކަމަށް ބުންޏެވެ. އެދެމީހުން ވާހަކަދައްކަން ތިބިއިރު ތާނިމްއަށް ހުރެވުނީ އޭނާގެ މުދައްރިސްގެ އަތުގެ ކުޑަހުޅުގައި އަޅާފައިއޮތް ކެވެލިކޮޅަށް ބަލާށެވެ. އެކެވެލިކޮޅު ފެނުމުން ތާނިމް އޭނާގެ މުދައްރިސާއި ކައިރިއަށް ޖެހިލިއެވެ. އެވަގުތު ތާނިމްގެ ނޯށުގައި ޖެހިގެންދިޔައީ އެސެންޓެއްގެ ވަސްޖެހުމުން އޭނާގެ މަންމަގެ ހަނދާންތައް ގެނުވައިދޭ ސެންޓްގެ ވަހެވެ. އިސާހިތަކުން ތާނިމްގެ ދެލޯ ފެންކަޅިވެއްޖެއެވެ. އޭރު ނޫރާއަށް އެކަން ފާހަގަ ކުރެވިގެން ތާނިމްއާއި ދިމާއަށް އެނބުރިލިއެވެ. ނޫރާ ތާނިމްއާއި ގާތަށް ޖެހިލަމުން ތާނިމްގެ ގައިގާ ލޯބިން ބައްދާލިއެވެ. ދަރިކުލުނު ލޯތްބާއިއެކު ތާނިމްގެ ބުރަކަށީގައި ފިރުމަމުން ގެންދިޔައެވެ. އެވަގުތު ނޫރާގެ ކަންފަތުގައި ޖެހުނި ތާނިމްގެ ހިތުގެ އަޑިން ކެކެމުންދިޔަ ޝުޢޫރުތަކުގެ އަޑެވެ. [އަޅުގަނޑަށް އިތުބާރުކުރެއްވީތީ ޝުކުރިއްޔާ. އަޅުގަނޑަކީވެސް މުހިންމު މީހެއްކަމުގައި ވިސްނަވައިދެއްވާ އަޅުގަނޑަށްވެސް އަޅުގަނޑުގެ ޙަޔާތް ބަދަލުކުރެވިދާނެކަމުގެ އިޙްސާސް ކޮށްދެއްވީތީ ވަރަށްބޮޑަށް ޝުކުރިއްޔާ.]

އޭރު ނޫރާގެ ލޮލުންވެސް ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. [ތާނިމްއަށް ކުރެވިފައިތިވަނީ ކުންހީއެއް. އަޅުގަނޑަށްވެސް އުނގަންނައިދިނުމުގައި ތަފާތުގޮތެއް އިޚްތިޔާރުކޮށް ހެޔޮބަދަލެއް ގެނުވިދާނެކަން ވިސްނައިދެއްވީ ތާނިމް. ތާނިމްއާއި ފަސްވަނަ ކުލާހުން ބައްދަލުވެ އެ ޚާއްޞަ ދުވަހާއި ކުރިމަތިލުމުގެ ކުރިން އަޅުގަނޑަށް ކިޔަވައިދޭން އެނގޭކަމަކަށް ޤަބޫލެއް ނުކުރަން.]

ވާހަކައިން މުދައްރިސުން ޙާޞިލްކުރައްވަންވީ ކޮންކަމެއް؟

އަޅުގަނޑުމެން ކުރާ ޢަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެހެން މީހެއްގެ ޙަޔާތަށް ކުރާނީ ކޮންކަހަލަ، ކިހާވަރެއްގެ އަސަރެއްކަން ވަޒަންކުރަން އެނގޭނީ އެފަދަކަމަކާއި ދިމާވުމުންނެވެ. އެފަދަ ކަމަކާއިކުރިމަތި ލުމުންނެވެ. މި ޙަޤީޤަތް ޤަބޫލްކުރައްވާ ތިޔަބޭފުޅުންގެ އުނގަންނައިދިނުމުގެ ޙަޔާތުގައި މިއަދުންފެށިގެން އެހެން މީހެއްގެ ޙަޔާތަށް ހެޔޮ ބަދަލެއް ނުވަތަ ތަފާތެއް ގެނެސްދެވޭތޯ މަސައްކަތް ކުރަމާތޯއެވެ.

ހެޔޮބަދަލެއް ނުވަތަ ތަފާތެއް ގެނެސްދެއްވާ!

ލިޔުނީ: އަޙްމަދު ރަޝީދު އެސްޖެހިގެ

މި ވާހަކައާއި މެދު:

މިއީ ‘މޭކް އަ ޑިފަރެންސް’ ގެނަމުގައި ތައްޔާރުކުރެވިފައިވާ 13 މިނެޓްގެ ޑޮކިއުމެންޓްރީ ފިލްމެއްގެ ވާހަކަ އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ފިލްމުން ދައްކައިދޭ މަންޒަރުތަކާއި މި ވާހަކައިން މުދައްރިސުންނަށް ލިބިގެންދާނޭ ޢިބްރަތްތެރި ފިލާވަޅާއި މުދައްރިސުންގެ އުނގަންނައިދިނުމުގެ ޙަޔާތަށް ފިލްމުގެ ސަބަބުން ލިބިގެންދާނެ ކުރިއެރުން ތަޞައްވަރުކުރެވި، މި އަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު ޙަރަކާތްތަކުގެ ތެރެއަށް ފިލްމު ޝޯއެއް ހިމަނައި ފިލްމަށް ދިވެހިބަހުން އަޑުއަޅައި މިފިލްމުވާނީ ދައްކާފައެވެ. މެދުދެކުނު ޕްރޮވިންސަށް ނިސްބަތްވާ ހުރިހައި ސްކޫލްތަކެއްގެ އިސްވެރިން ބައިވެރިވި މި ޝޯވ ކާމިޔާބުވެގެން ދިޔަކަން އެނގިގެންދިޔައީ ފިލްމު ބަލާ ނިމިގެން ފިލްމުގެ ކޮޕީއެއް ހޯދުމަށް އެފަރާތްތަކުން މަސައްކަތްކުރެއްވިވަރުންނެވެ.

http://www.fanvai.info/dhivehi/vaahaka/1136-2009-11-06-13-11-19.html

z6

މަސައްކަތުގެ ތަޖްރިބާ

ކިޔުމުގެ ހުނަރު

ލިޔުންތެރިކަން ކުރިއެރުވުމަށް ފަރިތަކުރުވުން ބޭނުންވެއެވެ.

ސަމުސަލުން ކާންދިނުން

ލާރި އެއްކުރާ ދަޅު

ފިލާވަޅުގެ ދޭހަ ފަސޭހަވުން

ކުލާހަށް ކަރުބޮލަކު އެޅުން

READ MY ARTICLES PUBLISHED IN www.fanvai.info

Next Page »

ޚަބަރުNews ލިޔުންތައްArticles ވީޑިއޯVideo ފޮޓޯPhoto

ކޮށާރު

ތާރީޚުން ލިޔުންތައް ހޯދާ

June 2012
S M T W T F S
« Nov    
 12
3456789
10111213141516
17181920212223
24252627282930

Categories

Blog Stats

  • 3,856 hits

ޚަބަރު-މަޢުލޫމާތު-ޢިލްމީ ލިޔުންތައް އަދިވެސް

Ahmed Rasheed

އެންމެ ގިނައިން ބެލި ލިޔުންތައް

  • None

މަށާމެދު

An Air Traffic Control Officer by profession, I have been in aviation industry in the Maldives since 2006. I am an employee of Maldives Airports Company ltd and presently working at Laamu Kadhdhoo Air Traffic Control Unit. As an Air Traffic Control Officer, I have been doing my duties (Air Traffic Control Officer’s work plus Unit In-charge) sincerely and always trying to improve the ATC Unit. In addition of working in the aviation industry, I had also worked in the Education Field as a teacher of Laamu Atoll Education Centre from the year 2000 till the beginning of 2006. I was doing Secondary English Teaching when I left the training in 2006. After serving the Education field for nearly 6 years, I had to leave the field due some personal reasons. That was in September 2006. In June 2007, I was sent to Bangkok in a group of six, for the Air Traffic Controller License and Aerodrome Control Rating Course at Civil Aviation Training Centre, Thailand. After completing the course, we were posted to respective domestic airports as in our job agreement. During my term in Laamu Atoll Education Centre, I was teaching for the primary grades, especially English Language. In my teaching career, I had worked earnestly keeping a promise in my mind to improve the English standard of the students as well as to reform the way of teaching English for the primary grades. Today; I see many students achieving higher grades from the international examinations and I am honored that I was a teacher who had put a helping hand in laying the foundation for them. In my capacity as teacher, I was deeply involved in the process of teaching and co-curricular activities as well. Although I had left the teaching career and Laamu Atoll Education Centre, I have volunteered myself to help and serve L.A.E.C within my capacity and capability. I started blogging in January 2009. I used my blog to chronicle the work I do for L.A.E.C in particular and for the community in general and bring news from the school campus and important news within or beyond the country. Hopefully, I will be able to share my thoughts and be a volunteer for L.A.E.C in the days ahead. I will be grateful for your reaction as “YOUR COMMENTS WILL WORK AS A CATALYST AND IMBUE MY BLOG”. Thank you.

Flickr Photos

Aiguille de Midi at Sunset (Explored)

The lost temple - D800 - Explored

EXPLORE

More Photos
Watch videos at Vodpod and other videos from this collection.

Follow

Get every new post delivered to your Inbox.